ތައިލެންޑުގެ 8 ޕްރޮވިންސެއްގައި ފެންބޮޑުވެ 12 މީހުން މަރުވެއޖެ

ފެންބޮޑުވުމުގެ ސަބަބަުން އެތަށްބަޔަކު ވަނީ ހާލުގައި ޖެހިފައި

ތައިލެންޑުގެ އަށް ޕްރޮވިންސެއްގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 12 މީހުން މަރުވެ، އެތައް ލައްކަ ރައްޔިތުންނަށް އަސަރުކޮށްފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ތައި މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުވަ ޕްރޮވިންސެއްގައި ފެންބޮޑުވެފައިވެއެވެ.

މިހާތަނަށް އަށް ޕްރޮވިންސްގެ 553،000 އަށްވުރެ ގިނަ ގޭބިސީއަށް މި ކާރިސާގެ އަސަރުކޮށްފައިވާ ކަމަށް ވެއެވެ. ފަޓަލުންގް ޕްރޮވިންސްގެ 557 ރަށެއްގެ 102،494 ގޭބިސީއަށް އަސަރުކޮށް، 2 މީހުން މަރުވެފައިވާއިރު، ޕަޓާނީ، ޔަލާ އަދި ސޮންގްކްލާ ޕްރޮވިންސްތަކުން 10 މީހުން މަރުވިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ތައިލެންޑުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން އިންޒާރުދީފައިވަނީ ދެކުނު ސަރަހައްދުގައި އިތުރަށް ވާރޭވެހި، މި ހާލަތު ޑިސެމްބަރު މަހުގެ ކުރީކޮޅާ ހަމައަށް ދެމިގެންދާނެ ކަމަށެވެ. މިއާއެކު، އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އެބައޮތެވެ.

ތައިލެންޑުގައި ފެންބޮޑުވެފައިވާއިރު އަވައްޓެރި މެލޭޝިއާގެ އުތުރުގެ އެކި ޕްރޮވިންސްތަކުގައިވެސް ފެންބޮޑުވެ، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި 10 މީހުން މަރުވެ، 100،000 އަށްވުރެ ގިނަ މީހުން ހިޖުރަކުރަން މަޖުބޫރުވެފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުގެ ބަރްނާމާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

ތައިލެންޑަކީ ދެކުނު އޭޝިއާގައި އޮންނަ، އަހަރުގެ ވަކި މޫސުމެއްގައި ބޯކޮށް ވާރޭވެހޭ ޤައުމެކެވެ. ޚާއްޞަކޮށް މޫސުމީ ވައި ބަދަލުވާ ދުވަސްވަރު، މެއި މަހުން އޮކްޓޯބަރު މަހާ ހަމައަށް، ގިނައިން ވާރޭވެހެއެވެ. މި މޫސުމުގައި ބައެއް ފަހަރު ގަދަ ވިއްސާރައާއި ވަޔާ އެކު ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ދިމާވެއެވެ. މިފަދަ ކާރިސާތަކުގެ ސަބަބުން އެތައް ބަޔަކު ގެދޮރު ގެއްލި، ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ގިނަ ޤައުމު ތަކަކަށް މި ދުވަސްވަރު ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

17 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy