ކެބިނެޓަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގު

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.

ކެބިނެޓަށް ބައެއް ބަދަލުތައް ގެންނާން ރައީސް ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ވަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ކުރެއްވި ޓްވީޓުގައި ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ހީނާ ވިދާޅުވީ ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ނުވާ ކަމަށެވެ.

"ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިނުވާ ވާހަކަ ދަންނަވަން" ހީނާ ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓަށް ފުރަތަމަ ފަހަރަށް ބަދަލެއް ގެންނަވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ.

އެ ފަހަރު ގެންނެވި ބަދަލުތަކުގެ ތެރޭގައި ފިނޭންސް މިނިސްޓަރު ކަމުގައި އޭރު ހުންނެވި ޑރ.މުޙައްމަދު ޝަފީގު އެ މަގާމުން އިސްތިއުފާދެއްވުމާ އެކު އޭނާ ހުންނެވި މަގާމަށް އެހައިތަނަށް އައި އިރު، ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ހަމަޖެއްސެވުމެވެ.

މީގެ އިތުރުން ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ.އަބްދުﷲ ޚަލީލު ފޮރިން މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި އޭރު ހުންނެވި މުޙައްމަދު ނާޒިމް ހެލްތު މިނިސްޓަރު ކަމަށް ހަމަޖެއްސެވީ އެވެ.

ކެބިނެޓްގައި ޖުމުލަ 22 މިނިސްޓަރުން ތިއްބެވި ނަމަވެސް އެ އަދަދު މިވަގުތު ވަނީ 21އަށް މަދުވެފައެވެ.

އެއީ  ސިއްހީ ހާލުކޮޅު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ މަގާމުން މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy