ރަމީލާ ފަދަ އަމާނާތްތެރި ގާބިލު ބޭފުޅަކު ކެބިނެޓުގައި ހިމެނުނު ކަމީ ނުހަނު އުފާކުރާ ކަމެއް: ރައީސް

އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ -- ފޮޓޯ/ ރައީސް އޮފީސް

ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ޑރ. އައިޝަތު ރަމީލާ ފަދަ ހީވާގި، އަމާނާތްތެރި، ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވިކަމީ، ނުހަނު އުފާފުޅުކުރައްވާ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަމީލާ، މިނިސްޓަރުކަމުން އިސްތިއުފާދެއްވުމާ ގުޅުވައިގެން ރައީސް މުއިއްޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިއްހީ ހާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އިސްތިއުފާދެއްވާފައިވާތީ، އެކަން ގަބޫލުކުރައްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުން ވެސް މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި އެންމެހައި ރައްޔިތުންނަށް ލާބަ އާއި ފާގަތިކަން ހޯދައިދެނިވިމަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން ތެދުވެރިކަމާއި ވިސްނުންތެރިކަމާ އެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޓަކައި ވެސް ރައީސް ޝުކުރު އަދާކުރައްވައިފައި ވެއެވެ.

"ޑރ. އައިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ނުހަނު އުފާ ކުރާ ކަމެއް. ކުރިއަށް އޮތް ތާނގައި ވެސް ރަމީލާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް" ރައީސްގެ ބަޔާނުގައިވެ އެވެ.

ރައީސްގެ އެ ބަޔާން ނިންމަވާލައްވަމުން ވަނީ ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ރަމީލާ އަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަގުބަލެއް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވާފައެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، "މެޓަސްޓެޓިސް ސީރަސް ޕަޕިލަރީ ކާސިނޯމާ"އަށް ރަމީލާ ފަރުވާ ހޯއްދަވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވެސް ރަމީލާ ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ރަމީލާ ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy