ރާއްޖޭގެ މޫސުން މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި
ރާއްޖޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ން ބުނެފިއެވެ.
މިއަދު އިރުއޮއްސޭއިރު 6:00 އާ ހަމައަށް ލަފާކޮށް، މެޓް އޮފީހުން ބުނެފައިވަނީ މުޅި ރާއްޖޭގައިވެސް ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުގެ ލަފާކުރުމުގައި، ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގައެވެ. އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ. އަދި ދެކުނުގެ ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، އެހެން ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ވައިގެ ހާލަތާ ގުޅޭގޮތުން، މެޓް އޮފީހުން ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި ހާލަތާ ގުޅިގެން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށާއި، ރަށްރަށުގެ އިދާރާތަކުން ވެސް މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ ތައްޔާރުވެ ތިބުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް