ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން މިނިސްޓަރ ރަމީލާ އިސްތިއުފާ ދެއްވައިފި

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ. އާއިޝަތު ރަމީލާ

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ. އާއިޝަތު ރަމީލާ، އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިއްހީ ހާލަތު ހުރި ގޮތުން ރަމީލާ އިސްތިއުފާ ދެއްވުމުން، ރައީސް މުހައްމަދު މުއިއްޒު އެ އިސްތިއުފާ ޤަބޫލުކުރައްވާފައިވާ ކަމަށެވެ.

މިނިސްޓަރ ރަމީލާ ވަނީ ގޮހޮރުގެ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިސްތިއުފާ ދެއްވާފައެވެ. އޭނާގެ އާލާސްކަންފުޅުގެ ފަރުވާއަށްޓަކައި މީގެ ކުރިން ވެސް އިންޑިއާއަށް ވަޑައިގެން ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވެއެވެ. ރަމީލާއަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގިވަޑައިގަތީ އެންމެ ފަހު ސްޓޭޖުގައި ހުއްޓައެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، އާލާސްކަންފުޅާ އުޅުއްވަމުން ވެސް މަޤާމުގެ ހައިސިއްޔަތުން ރަމީލާ ރައީސް މުއިއްޒަށް ދެއްވި އެއްބާރުލެއްވުމަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާ ކަމަށެވެ. "ޑރ. އާއިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތަނުގައި ވެސް ރަމީލާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ޔަޤީންކުރައްވާ ކަމަށެވެ. އަދި ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި، މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރެއްވުމަށް ދުޢާ ކުރައްވާފައިވެއެވެ.

ރަމީލާ ވަނީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އޭނާ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1990 ވަނަ އަހަރު ނަރުހެއްގެ ގޮތުގައެވެ. މިހާރު އިސްތިއުފާ ދެއްވާފައިވާއިރު، ރަމީލާ ވަނީ ދިވެހި ސަރުކާރަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy