އުމްރާގައި ފުރަތަމަ ފަހަރަށް ޓްރެކިންގ ޑިވައިސް ބޭނުންކުރަނީ

މިފަހަރު ގިނަ ބަޔަކު ޢުމުރާއަށް ދާނެ

ޙައްޖު ކޯޕަރޭޝަނުން މި މަހު ކުރިއަށްދާ އުމްރާ ދަތުރުގައި ފުރަތަމަ ފަހަރަށް ޓްރެކިންގ ޑިވައިސް ބޭނުންކުރުމަށް ނިންމައިފިއެވެ.

މިއީ އުމްރާގައި މި ޑިވައިސް ބޭނުންކުރާ ފުރަތަމަ ފަހަރު ނަމަވެސް، މިދިޔަ އަހަރުގެ ޙައްޖުގައި ކޯޕަރޭޝަނުން ވަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވީ، ކުރީގައި މީހުން ގެއްލިގެން ގިނަ ވަގުތު ހޭދަވުމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި އަސަރުތައް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ނިމިދިޔަ ޙައްޖުގައި ޓްރެކިންގ ޑިވައިސް ބޭނުންކުރުމުން، ގެއްލޭ މީހުން އަވަހަށް ހޯދައި ގެނެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަހުގެ އުމްރާ ދަތުރަކީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެންމެ ގިނަ މީހުން އުމްރާއަށް ދާ ފަހަރު ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. މި ދަތުރުގައި 800 އެއްހާ މީހުން ބައިވެރިވާ ކަމަށާއި، ކޮންމެ މީހަކަށް ވެސް ޓްރެކިންގ ޑިވައިސްގެ ޓެގެއް އަޅުވާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ޙައްޖާއި އުމްރާގެ އަޅުކަމަކީ ގިނަ އަދަދެއްގެ މީހުން ޖަމާވާ އަޅުކަމަކަށްވާތީ، މީހުން ގެއްލި މަގުއޮޅުމަކީ އާންމު ކަމެކެވެ. މި ޓެކްނޮލޮޖީ ބޭނުންކުރުމުން، ގެއްލޭ މީހުން އަވަހަށް ހޯދައި، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސޭހަވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy