ސްޓެލްކޯގެ މުވައްޒަފުން ހިންގައި "ޗާލު ވެށި – މަގޭ ޒިންމާ"ހަރަކާތް މިއަދު ރަސްމީކޮށް މިއަދު ވަނީ ފަށާފައި
މާލެއަކީ ޒީނަތްތެރި ރީތި ޗާލު މާލެ އަކަށްވެ، އަދި މިތަނަށް ޒިޔާރަތް ކުރާ މީހުންވެސް މާލެ އަކީ ޒީނަތްތެރި ތަނެކޭ ބުނަން ސްޓެލްކޯއިން އަބަދު ވެސް ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފު ކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ހިންގައި "ޗާލު ވެށި – މަގޭ ޒިންމާ" ހަރަކާތް މިއަދު ވަނީ ފަށާފައެވެ.
މި ހަރަކާތް ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާޙީމް އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި އެމްޑީ ޙުސައިން ފަހުމީއެވެ.
އެތަނުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވި ގޮތުގައި މާލެ ސިޓީއަކީ ނުހަނު ހިތްފަސޭހަ އަދި އެހާމެ ޒީނަތްތެރި ރަށެއްގެ ގޮތުގައި އޮތުމަކީ އެންމެ އެދިވަޑައިގަންނަވާ ގޮތެވެ.
އެ މަސައްކަތުގައި މާލޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ އެހީތެރިކަަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަން ފާހަގަ ކުރައްވައި ފަހުމީ ވިދާޅުވީ އެކަމުގައި ސްޓެލްކޯ އިން ވެސް މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެކޭހިތް ވަނީ މާލެއަކީ ޒީނަތްތެރި ރީތި ޗާލު މާލެ އަކަށް ވާތަން. އަދި މާލެއަށް ޒިޔާރަތް ކުރާ މީހުން ވެސް މި ރަށަކީ ޒީނަތްތެރި ތަނެކޭ ބުނާ އަޑު އަހަން ސްޓެލްކޯއިން އަބަދު ވެސް ބޭނުންވޭ،" ފަހުމީ ވިދާޅުވި އެވެ.
އެމްޑީ ފަހުމީ ވިދާޅުވީ ސްޓެލްކޯއިން މި ފެށި މަސައްކަތާ އެކު ޑިސްޓްރިބިއުޝަން ފޮށިތަކާ ސަބް ސްޓޭޝަންތައް ރީތިކޮށް ބެހެއްޓުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް