ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ/ ރައީސް އޮފީސް
ދިވެހި ގައުމިއްޔަތުގެ ކޮލެޖު ގާއިމު ކުރައްވައި، ގައުމިއްޔަތުގެ އިސްވަރު އުފައްދަވައި، ގައުމީ ކަންކަން އެންމެ އުހަށް ނަންގަވަން، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެ ގެންދަވާ މަސައްކަތްޕުޅަށް އެންމެހާ ދިވެހީން އެއްބާރުލުން ދިނުމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ މިއަދު ހެނދުނު ކުރިއަށްދިޔަ "ކަޅުއޮށްފުންމި - ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރައީސް ޑރ. މުއިއްޒު، ދިވެހީންގެ އަމިއްލަވަންތަ ކަމާއި ގައުމިއްޔަތު ހިމާޔަތް ކުރެއްވުމަށް ސަމާލުކަން ދެއްވާ މިންވަރު ފާހަގަކުރައްވާފަ އެވެ.
އެގޮތުން ތައުލީމީ މަންހަޖުގައި ގައުމިއްޔަތު، ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުއްވުމާއި، ދިވެހި ދިދަ އަށާއި ދިވެހީންގެ ގައުމީ ސަލާމަށް ހާއްސަ އިސްކަމެއް، އެމަނިކުފާނު ދެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ދިވެހީންނަކީ ވަރަށް ނަސީބުވެރި ބައެއްކަމުގައި ފާހަގަ ކުރައްވަމުން ވިދާޅުވީ އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ވެފައިވާ ކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ދިވެހި ބަހުގެ ޗާލުކަމާ ރާއްޖޭގެ ގައުމިއްޔަތުގެ ބަހާތަކަކީ ވެސް ރާއްޖެއަށް ލިބިފައިވާ އިތުރު ޒީނަތްތެރިކަމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކޮށްދޭންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާ އެކު ރާއްޖޭގެ އަމާންކަން، ދިވެހީންގެ އެކުވެރިކަން، ޚުލްގު ހެޔޮކަން މި ގައުމަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ޢަމަލީގޮތުން ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް