ހައިކޯޓު މާދަމާއިން ފެށިގެން ރިސެސްއަށް، ބައެއް މުހިންމު މަސައްކަތްތައް ކުރިއަށްދާނެ

މާދަމާއިން ފެށިގެން ހައިކޯޓް ރިސެސްއަށް ދާނެ

މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހައިކޯޓުން ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެ ކޯޓުން މިއަދު ނެރުނު އިއުލާނެއްގައެވެ. އެ އިއިލާނުގައި ރިސެސްގެ މުއްދަތުގައި ފަނޑިޔާރުންގެ އާންމު މަޖިލީހުން ކުރަން ނިންމާފައިވާ ކަންކަން ވެސް ވަނީ ހާމަކޮށްފައެވެ.

ކުރިއަށް އޮތް އެއް މަސްދުވަހު އެ ކޯޓުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ބޭއްވުމާއި، B12 ސެކްޝަނުން ބަލާ އަމުރުތަކާއި މޮނިކޮން އަމުރުތަކާއި އަވަސް ތަބީއަތުގެ އަމުރުތަކާއި ހުކުމް ތަންފީޒުކުރުން އަވަސް ކުރުމުގެ އަމުރުތަކާއި އިޖުރާއީ އިއުތިރާޟާ ގުޅޭ ނިންމުންތަކުގެ ތެރެއިން މުއްދަތު ހަމަވާ މައްސަލަތައް ހިމެނެއެވެ.

ހައިކޯޓުން އަންނަ މަހު ރިސެސްއަށް ދާކަން އިއުލާނުކޮށްފައި ވާއިރު، ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުން އަދި ރިސެސްއަށް ދާކަން ނުވަތަ ނޫންކަން ހާމަކޮށްފައެއް ނުވެއެވެ. އާންމުކޮށް ދަށު ކޯޓުތަކުން ޑިސެމްބަރު މަހު ރިސެސްއަށް ދެއެވެ.

ރިސެސްގެ މުއްދަތުގައި އާންމު އަޑުއެހުމެއް ކޯޓުގައި ކުރިއަށް ނުދާނެއެވެ. ނަމަވެސް ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ހާލަތެއް އައިސްފިނަމަ އެ މަސައްކަތެއް ކުރަން ޖެހޭނެއެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން، ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައިގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy