ފެންބޮޑުވުމުގެ ސަބަބުން ދަތުރު ފަތުރަށް ވަނީ ހުރަސް އެޅިފައި
މެލޭޝިޔާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 10 މީހުން މަރުވެއްޖެއެވެ.
ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ އެތައް ހާސް ބައެއްގެ ގެދޮރުވެސް ވަނީ ގެއްލިފައެވެ. މެލޭޝިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވެ، ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވިއްސާރަވުމުގެ ސަބަބުން ނުވަ ސްޓޭޓަކުން 122,000 މީހުން 527 ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު، ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައި ވަނީ ތައިލެންޑުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ކެލަންތަން އަދި ތެރެގަންނޫ ސްޓޭޓަށް ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އޭގެ އިތުރުން ކެޑަހް، ޕަރްލިސް، ޖޮހޯ އަދި ޕޭރާކުގެ ބޮޑު ސަރަހައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު އަޙުމަދު ޒާހިދު ޙަމީދީ ވިދާޅުވީ، 2014 ވަނަ އަހަރު އެ ގައުމުގެ ސަރަހައްދުތަކަށް ކުރި ވިއްސާރައާ ގުޅިގެން ކުރިމަތިވި ހާލަތަށް ވުރެ ނުރައްކާތެރި ހާލަތެއް މި އަހަރު ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމުގައެވެ. އެ އަހަރު ފެންބޮޑުވުމާ ގުޅިގެން 250,000 އަށްވުރެ ގިނަ މީހުންގެ ގެއަށް ފެންވަދެ، ހާލުގައި ޖެހުނެވެ.
މީހުން ސަލާމަތްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 82,000 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް ޒާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، މެލޭޝިޔާގެ އިރުމަތީ ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، އެ ސަރަޙައްދުތަކުގައި ރޭލު ދަތުރުފަތުރުގެ ޚިދުމަތްތައް ވެސް ވަނީ މެދުކަނޑައިލާފައެވެ.
މެލޭޝިޔާއަށް އާންމު ގޮތެއްގައި ވިއްސާރަ ކުރަނީ އޮކްޓޫބަރު މަހުން މާރިޗު މަހާ ދެމެދުގައެވެ. ވިއްސާރަ މޫސުމުގައި، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން މެލޭޝިޔާގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމަކީ އާންމު ކަމެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް