ވ. ރަކީދޫ -- ފޮޓޯ/ ރައްޓެހި އިން ރަކީދޫ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަންޑުކޮށްގެން ވ. ރަކީދޫގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތަކުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މުޅި އެ ރަށަށް ކަރަންޓު ދެވޭވަރު ވާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ރަކީދޫގައި އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަަށް ގެންދާ ގޮތާއި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ސްޓެލްކޯ އިން އިއްޔެ ވަނީ ނޫސްވެރީންނަށް ދައްކާލާފައެވެ.
އެތަނުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ނިޒާމް ވިދާޅުވީ ޕްރޮޖެކްޓުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށާއި އެހެންވެ، އަމާޒަކީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިންޖީނު ނުހިންގައި މުޅި ރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި 100 ޕަސެންޓް ރިނިއުބަލް. އިންޖީނު ނުހިންގާ ސޯލާ ހަކަތަ އިން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދިނުން. އަދި ދަންނަވާލަން ބޭނުންވޭ، މިއީ އެންމެ ޒަމާނީ ފުލް އޮޓަމެޓިކް ސިސްޓަމްތަކެއް ކަން،" ނިޒާމް ވިދާޅުވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ، މި ނޮވެމްބަރު 26 ގައި ވިދާޅުވެފައިވަނީ ސޯލާ އަދި ބެޓެރި ސްޓޯރޭޖާ އެކު ރަކީދޫގައި ޖަނަރޭޓަރު ހިންގަން ޖެހެނީ ކޮންމެ ދުވަހަކު ވެސް އެންމެ ދެ ގަޑިއިރަށް ކަމަށެވެ.
ފަހުމީ ވަނީ މުޅި ރާއްޖޭގައި އުފައްދާ ހަކަތައިގެ ތިންބައިކުޅަ އެއްބައި ނުވަތަ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ޝުކުރު އަދާކުރައްވާފަ އެވެ.
ގައުމީ ކަރަންޓު ކުންފުނީގެ މި މަޝްރޫއުގެ ސަބަބުން އެ ތަނުން ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކަރަންޓު ޔުނިޓެއް އުފައްދަން ކުރާން ޖެހޭ ހޭދަ ބޮޑުތަނުން ދަށަށް ދާނެއެވެ.
ރަކީދޫ، އާބާދީގައި 373 މީހުން ތިބި ނަމަވެސް މިހާރު ރަށުގައި ދިރިއުޅެމުން އަންނަނީ 67 މީހުންނެވެ. މި ރަށުގެ ގިނަ މީހުން ދިރިއުޅެނީ މާލޭ ގައްޔާއި ކައިރި ރަށްރަށުގައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް