އިބްރާހިމާ ކޮނާޓޭ
ލިވަޕޫލަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު، އިބްރާހިމާ ކޮނާޓޭ (25) އަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް ހުރި މެޗުތައް ގެއްލޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ކޮނާޓޭއަށް އަނިޔާވީ، ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި، ރެއާލް މެޑްރިޑް އަތުން 2-0 އިން މޮޅުވި މެޗުގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، 2-3 ހަފްތާގެ މުއްދަތަކަށް ކޮނާޓޭ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. ޑިސެމްބަރު މަހު ލިވަޕޫލުން ނުވަ މެޗު ކުޅެން ޖެހޭއިރު، ކޮނާޓޭ އަށް އެންމެ ފުރަތަމަ ގެއްލޭނެ މެޗަކީ، މާދަމާރޭ ލީގުގައި މެންޗެސްޓާ ސިޓީއާ ބައްދަލުކުރާ މެޗެވެ.
ކޮނާޓޭ ބުނީ، ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަނިކޮށް އަނިޔާގެ މައްސަލަ ދިމާވުމަކީ މާޔޫސްކަމެއް ނަމަވެސް ޓީމަށް އެހީތެރިވެވެން އޮތް ގޮތަކަށް އެކަން ކުރުމުގެ އިތުރުން، ކުރިއަށް ހުރި ދުވަސްތަކުގައި ރިކަވަރީ އަށް މަސައްކަތްކޮށް ވަރުގަދަ އަށް އެނބުރި އަންނަން ބޭނުންވާ ކަމަށެވެ.
އާރްބީ ލައިޕްޒިގުން 2021 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ކޮނާޓޭ އަކީ މި ސީޒަނުގައި ލިވަޕޫލާ ހަވާލުވި ނެދަލެންޑްސްގެ ކޯޗު އާނާ ސްލޮޓްގެ އިތުބާރު ހޯދާފައިވާ ކުޅުންތެރިއެކެވެ. ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ޑިފެންސިވް ޕާޓްނާޝިޕެއް މި ސީޒަނުގައި އޮތް ލިވަޕޫލްގެ ގިނަ މެޗުތަކުގައި އެއްކޮށް ކުޅުނީ ކެޕްޓަން، ވާޖިލް ވެން ޑައިކާ އެކު ކޮނާޓޭ އެވެ.
ލިވަޕޫލް މި ވަގުތު އޮތީ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގަ އެވެ. އަދި ލީގު ކަޕްގެ ކުއާޓާ ފައިނަލުގަ އެވެ. ކޮނާޓޭގެ މި އަނިޔާއާ އެކު، ވެން ޑައިކާ އެކުގައި، ދެން ފަހަތަށް ކުޅޭނީ ޖަރަލް ކުއަންސާ ނޫނީ ޖޯ ގޯމޭޒް އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް