ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިން ގާ އޮޕަރޭޝަނުގެ ތެރެއިން
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ނުވަ ކެފޭއެއް ބަލައި ފާސްކޮށް، ހަތަރު ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހަތަރު ބިދޭސީންނަކީ ސައްހަ ވިސާއެއް ނެތި، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. މި ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ވިޔަފާރިތަކަށް ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހޭނެއެވެ.
އިމިގްރޭޝަނުން ވިދާޅުވެފައި ވަނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާން ކުރިން ވިދާޅުވެފައިވަނީ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުން ކަމަށާއި، އެކަމަށް ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ޝައްމާނު އިތުރަށް ވިދާޅުވެފައިވަނީ މި އޮޕަރޭޝަންތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، މާލޭގައި ހިންގި އޮޕަރޭޝަންތަކާ ގުޅިގެން އެތަކެއް އިންސައްތަ މީހުން ވަނީ ވިސާ ރަނގަޅުކޮށްފައި ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް