ފަލަސްތީނުގެ ގިނަ ރައްޔިތުން އުޅެމުންދަނީ ކާނެއްއެއްޗެއް ނެތި
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ބޭހާއި، ކާނާއާއި، ތެޔޮ އަދި ބޯހިޔާވަހިކަން ވެސް ލިބޭނެ ގޮތެއް ނެތް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވިދާޅުވެފައިވަނީ މިހާރު ޣައްޒާގެ 90 އިންސައްތަ މީހުން ދިރިއުޅެނީ ޓެންޓުތަކުގައި ކަމަށެވެ. މިކަމުގެ ސަބަބުން ނޭވާލާ ނިޒާމާއި އެހެނިހެން ބަލިތައް ފަސޭހައިން ޖެހޭ ކަމަށާއި، މޫސުމުގެ ބަދަލުތަކާއެކު ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި ކާނާ ލިބުން ދަތިވުން އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯ އާއި އެހެން ޖަމްޢިއްޔާތަކުން ގުޅިގެން މި ހަފުތާގައި ޣައްޒާގެ އުތުރުގައި ތިން ދުވަހުގެ މިޝަނެއް ކުރިއަށް ގެންގޮސް، ގިނަ އަދަދެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފައިވެއެވެ. މި މިޝަނުގައި ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބަލިތައް ހުންނަ ބަލިމީހުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
ޑަބްލިޔުއެޗްއޯއިން ސިއްޙީ ޚިދުމަތްތަކާއި ސާމާނު ފޯރުކޮށްދިނުމުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ޓެޑްރޯސް ފާހަގަކުރެއްވިއެވެ. މި ހަފުތާގައި ޣައްޒާއިން އުރުދުނަށް 17 ބަލިމީހުން ސިއްޙީ ފަރުވާ ދިނުމަށް ގެންދިއުމަށް މަގުފަހިކޮށްދީފައިވާ ކަމަށާއި އޭގެ ތެރެއިން 12 ބަލިމީހުން ފަރުވާއަށް އެމެރިކާއަށް ދާނެ ކަމަށް ބުނެފައިވެއެވެ.
އޮކްޓޫބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 44,300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 105,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް