މައިކަޕް: ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް އަންނަ މަހު 18 ގައި ފަށަނީ

---

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ)ގެ އިސްނެގުމާއެކު ބާއްވަމުން އަންނަ މައިކަޕް ފުޓުބޯޅަ މުބާރާތް ޑިސެމްބަރ 18 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއީ މި މުބާރާތް ބާއްވާ 14 ވަނަ އަހަރެވެ. ބޮޑު ތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތުގެ ޝަރަފާއެކު މި އަހަރު މި ބާއްވާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އިހަވަންދޫގައި ކުރިއަރަމުން އަންނަ ވިޔަފާރިއެއް ކަމަށްވާ ބިއުޓިފުލް ބުލޫއެވެ.

ރާއްޖޭގެ އުތުރުގެ 7 އަތޮޅަށް މި މުބާރާތް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހަށް ހަމަވާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް، 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެެވެ.

މި ބޮޑު މުބާރާތް އިންތިޒާމު ކުރާ އިހަވަންދޫ ޕޯލްސްޓަރގެ ރައީސް މުޙައްމަދު ޝުޖާއު ދެލިއޮންލައިނަށް ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގެ އިންތިޒާމުތައް ބޮޑުތަނުން ރަނގަޅުވާނެ ކަމަށާއި، ޓީމުތަކަށް ސަޕޯޓުކުރުމަށް ރަށުން ބޭރުން އަންނަ ފަރާތްތަކަށްވެސް ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

20230104204322_1672847002.webp

މުބާރާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ވަރަށް ގިނަ ޓީމުތަކަކުން މިހާރުވެސް ފާޅުކޮށްފައިވާކަން ފާހަގަ ކުރައްވާ ޝުޖާޢު ވިދާޅުވީ މުބާރާތަށް އިހަވަންދޫ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި، މީގެ ކުރިންވެސް ޕޯލްސްޓަރ އިން އިންތިޒާމު ކޮށްފައިވާ މުބާރާތްތަކުން ފެނިގެންގޮސްފައިވާ ތަފާތު މި މުބާރާތުންވެސް ފެނިގެންދާނެ ކަމަށެވެ.

20221025092718_1666672038.jpg

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްދެއްވާފައިވާތީ ޝުޖާޢު ވަނީ އިހަވަންދޫ ޒުވާން ވިޔަފާރިވެރިޔާ މުޙައްމަދު ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަން އިޢުލާންކޮށްފައިވާއިރު، މިމުބާރާތުގައި ބައިވެރިވާ އިހަވަންދޫގެ ކޮންމެ ޓީމަކަށް އެހީތެރިވުމުގެ ގޮތުން 2000 ރުފިޔާގެ ގެ ސްޕޮންސަރ އެއް ދިނުމާއި، މުބާރާތް ފެށުމުގެ ކުރިން މައިކަޕްގެ 200 ޖާޒީ ހިލޭ ސަޕޯޓަރުންނަށް ހިލޭ ދޫކުރާނެ ކަމަށްވެސް ވަނީ އިޢުލާންކޮށްފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy