މެސީ އާއި ރޮޑްރީ ހިމެނޭ ފީފާ ބެސްޓް އެވޯޑްސްގެ ނޮމިނީސް އިޢުލާނުކޮށްފި

ފިފާގެ ނޮމިނީސްގައި ހިމެނޭ ކުޅުންތެރިން

މެސީ އަދި ރޮޑްރީ ހިމަނައި، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ދޭ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ނޮމިނީސް އިޢުލާނުކޮށްފިއެވެ.

މެސީ ވަނީ 2019، 2022 އަދި 2023 ވަނަ އަހަރު ފީފާގެ ބެސްޓް އެވޯޑްސް ހާސިލްކޮށްފައެވެ. އަދި މެންޗެސްޓާ ސިޓީގެ ރޮޑްރީ އަކީ ދާދި ފަހުން ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ކުޅުންތެރިޔާއެވެ.

ނޮމިނީސްގެ ތެރޭގައި ރެއާލް މެޑްރިޑްގެ ހަ ކުޅުންތެރިން ކަމަށްވާ ވިނީޝިއުސް ޖޫނިއާ، ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ، ޓޯނީ ކްރޫސް އަދި ޑެނީ ކާވަހާލް ހިމެނެއެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އަދި ބަޔާ ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް ވެސް ހިމެނެއެވެ.

ފީފާ އެވޯޑްތަކަށް ސަޕޯޓަރުންގެ ވޯޓަށް ހުޅުވާލައިފައިވާއިރު، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފީފާ ވެބްސައިޓް މެދުވެރިކޮށް ވޯޓު ލެވޭނެއެވެ.

މި ފަހަރުގެ ނޮމިނީސްގެ ތެރޭގައި މިދިޔަ ސީޒަނުގައި އިންޑިވިޖުއަލީ މޮޅު ކުޅުމެއް ދެއްކި އިންޓަ މިލާންގެ ލަޓައުރޯ މާޓީނޭޒް އާއި ލިވަޕޫލްގެ މުހައްމަދު ސަލާހު ނުހިމެނެއެވެ.

އެންމެ މޮޅު ކޯޗުގެ މަޤާމަށް ވާދަކުރަނީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ، ރެއާލް މެޑްރިޑްގެ ކާލޯ އަންޗެލޮޓީ، ބަޔާ ލެވަކޫސަންގެ ޒަބީ އަލޮންސޯ، އާޖެންޓީނާގެ ލިއޮނަލް ސްކަލޯނީ އަދި ސްޕެއިންގެ ލުއިސް ޑެ ލަ ފުއެންޓޭއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy