ފަލަސްތީނުގެ ޙައްޤުގައި ދުނިޔެ އެއްބައިވުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި

ރައީސް މުއިއްޒާއި ފަލަސްތީނުގެ ރައީސް

އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖެއްގައެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި، ފަލަސްތީނުގެ ޙައްޤުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ ރާއްޖޭގެ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާވެރިކަމާއި ފަސާދައިގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްބައިވުމަށް ރައީސް މުޢިއްޒު ގޮވާލައްވާފައިވެއެވެ. އަދި ފަލަސްތީނުގެ ރެފިއުޖީންގެ ޙައްޤުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަދާކުރަމުންދާ މުހިންމު ދައުރަށް އެއްބާރުލުން ދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ ޖަރީމާތައް ކުށްވެރިކުރައްވައި، މިއީ މުޅި ދުނިޔޭގެ ގުޅިފައިވާ ނިޒާމަށް ދެވޭ ޙަމަލާއެއްކަމުގައި ރައީސް މުޢިއްޒު ސިފަކުރައްވާފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ތަކުރާރުކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި، ފަލަސްތީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަކީ އެންމެ މުހިންމު ކަމެއްކަމުގައި ރާއްޖެއިން ދެކޭކަމާއި، ފަލަސްތީނު ރައްޔިތުންގެ ޖިހާދަކީ ދިވެހިންގެ އަމިއްލަ ކަމެއްގެ ގޮތުގައި ބަލައިގަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ފަލަސްތީނުގެ ޙައްޤުގައި ދުނިޔޭގެ ކުރިމަތީގައި ސާބިތުކަމާއެކު އަޑުއުފުލުމުގައި ދިވެހިން ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy