އިމިގްރޭޝަންގެ ފަސް މުވައްޒަފަކާ މެދު ތަޙުޤީޤު ފަށައިފި

އިމެގްރާޝަނުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުން

ބިދޭސީންނާ ގުޅުން ހުރި ކަންތައްތަކެއް ކޮށް ނަހަމަ ގޮތުގައި ފައިސާ ހޯދިކަމުގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފަކާ މެދު ތަޙުޤީޤެއް ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ހޯމް މިނިސްޓަރު އަލީ އިހްސާން ރޭ ކުރެއްވި އެކްސްގައި ޕޯސްޓެއްގައެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން އިހްސާން ވިދާޅުވީ، އެ މުވައްޒަފުންގެ މަޢުލޫމާތު ލިބުމާ އެކު މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ތަޙުޤީޤު ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ މުވައްޒަފުން މިހާރު ތިބީ މަސައްކަތުން އެކަހެރިކޮށްފައިކަން ނުވަތަ ނޫންކަން އެ ޕޯސްޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.

"ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާ ކަމެއް،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ، ތަޙުޤީޤު ކުރިއަށްދާ ވަރަކަށް ކަމާ ބެހޭ އިދާރާތަކުން މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.

މި މައްސަލަ ހާމަވެފައިވަނީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ އޮޕަރޭޝަނެއް ސަރުކާރުން ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް އެތައް ހާސް ބިދޭސީއެއް ވަނީ އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ މުވައްޒަފުންގެ ޢަމަލުތަކަކީ، ބިދޭސީންނާ ގުޅުންހުރި ކަންކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ހުރަސްއެޅޭ ފަދަ ކަންކަން ކަމަށް ބެލެވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ނިމި، ކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy