ވަޒީރު ޑރ. މަރްޔަމް މާރިޔާ
މޯލްޑިވްސް ޕޮލިޓެކްނިކް ޒަމާނީކޮށް ރީބްރޭންޑް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިފަދައިން ވިދާޅުވެފައި ވަނީ ޕީއެސްއެމް ނިއުސްގެ "ހަފުތާ 52" ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވި ގޮތުގައި މިހާރުގެ ޒުވާނުން ބޭނުންވަނީ އުފާވެރި މާހައުލެއްގައި ކިޔެވޭނެ މަގު ތަނަވަސްވުމަށެވެ. ނަމަވެސް މިހާރު ޕޮލިޓެކްނިކްގައި އެފަދަ އިންތިޒާމްތަކެއް ހަމަޖެހިފައި ނުވާކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޕޮލިޓެކްނިކް އިތުރަށް ތަރައްޤީކޮށް، ޒުވާނުންނަށް އުފާވެރި މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ޕޮލިޓެކްނިކް ޒަމާނީކުރުމުގެ ތެރޭގައި، އެންމެ ފަހުގެ މޮޑެލްތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ބޭނުން ހިފުމާއި، އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުރުސަތު ޤާއިމުކުރުމަށްވެސް ވިސްނާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ 2010 ވަނަ އަހަރު އުފައްދާފައިވާ، ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށް އަމާޒުކޮށްފައިވާ މުއައްސަސާއެކެވެ. މި މުއައްސަސާއިން ސެޓްފިކެޓް ލެވެލުން ފެށިގެން ޑިޕްލޮމާއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދެމުންދާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕަސްތައް ޤާއިމުކޮށްގެން ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް