ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް ހޯދައިފި

ގޯލްޑަން ބޯއީ އެވޯޑް ހޯދި އެންމެ ޒުވާންކުޅުންތެރިޔާޔަމާލް

ބާސެލޯނާ އަދި ސްޕެއިނުގެ ވިންގަރ ލަމީން ޔަމާލް ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް ހާސިލްކޮށްފިއެވެ.

މިއީ ޔޫރަޕްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑެކެވެ.

އުމުރުން 17 އަހަރުގެ ޔަމާލްއަކީ މި އެވޯޑް ހާސިލްކުރި އެންމެ ޅަ ކުޅުންތެރިޔާއެވެ. އޭނާ މި އެވޯޑް ހޯދިއިރު އުމުރަކީ 17 އަހަރާއި ހަތަރު މަސްދުވަހެވެ. ޔަމާލް މި އެވޯޑް ހޯދީ ތުރުކީގެ އާރދާ ގުލާ އާއި ފްރާންސްގެ ވަރެން ޒަޔަރް-އެމެރީ ފަހަތަށް ޖައްސާލައިގެންނެވެ.

ޔަމާލްއަކީ މިދިޔަ މަހު ބޭއްވުނު ބެލަންޑިއޯ އެވޯޑްގައި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ ކޯޕާ ޓްރޮފީ ވެސް ހާސިލްކުރި ކުޅުންތެރިޔާއެވެ. އަދި އޭނާ ވަނީ އެންމެ ފަހުން ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކާމިޔާބު ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ސީޒަނުގައި ވެސް ޔަމާލް ދަނީ ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ. ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގައި އޭނާ ވަނީ ފަސް ލަނޑު ޖަހާފައެވެ. ޔަމާލްއަކީ ގާވީ، ޕެޑްރީ އަދި މެސީގެ ފަހުން މި އެވޯޑް ކާމިޔާބުކުރި ބާސެލޯނާގެ ހަތަރުވަނަ ކުޅުންތެރިޔާއެވެ.

ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑަކީ އިޓަލީގެ ނޫހެއް ކަމަށްވާ ޓުޓޯ ސްޕޯޓްއިން 2003 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ. މީގެ ކުރިން މި އެވޯޑް ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކިލިއަން އެމްބާޕޭ، ނޭމާ، އެޑިންސަން ކަވާނީ އަދި ޕައުލް ޕޮގްބާ ފަދަ ބޮޑެތި ތަރިން ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy