ލިވަޕޫލުން ރެއާލް މެޑްރިޑް ބަލިކޮށް ޗެމްޕިއަންސް ލީގުގައި އަނެއްކާވެސް އެއްވަނައަށް

މިވަގުތު ލިވަޕޫލް އޮތީ ރަނގަޅު ފޯމެއްގައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް، މި ފަހަރުގެ މުބާރާތުގައި ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި އަލުން އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

މިއީ 15 އަހަރު ތެރޭ ލިވަޕޫލުން ރެއާލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. އެންމެ ފަހުން ލިވަޕޫލުން ރެއާލް ބަލިކުރީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ދެ ޓީމު ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަލިވި މެޗުތަކެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގައި ލިވަޕޫލަށް ލީޑުނެގީ ދެވަނަ ހާފުގައި އަލެކްސިސް މެކް އަލިސްޓާ ޖެހި ގޯލުންނެވެ. ރެއާލަށް އެއްވަރުކޮށްދޭން ލިބުނު ޕެނަލްޓީއެއް ކީލިއަން އެމްބާޕޭ ފޮނުވާލުމުން، ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފައެވެ.

ލިވަޕޫލަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ދެވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ކޯޑީ ގަކްޕޯ ބޮލުންނެވެ.

މި މޮޅާ އެކު ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ އެއްވަނައިގައި އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކުގައެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ ލިވަޕޫލްއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، ހަ ޕޮއިންޓާ އެކު އެ ޓީމު އޮތީ 36 ޓީމުގެ ލީގު ބުރުގެ 24 ވަނައިގައެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy