އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގައި ޒަކާތު ފަންޑާ ބެހޭ ބައްދަލުވުމެއް --
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގައި ޒަކާތު ފަންޑުން ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް އެހީވާން ޖުމުލަ އެއް ލައްކަ ޑޮލަރު ހަދިޔާކޮށްފިއެވެ.
ޒަކާތު ފަންޑަކީ ފަގީރުންނާއި މިސްކީނުންނަށް އެހީވާން އުފައްދާފައިވާ ފަންޑެކެވެ.
މި ފައިސާ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ އާ ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ އާއި ދެމެދު އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ.
ގަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފައިސާ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ އެއް ލައްކަ ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ގައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ފަލަސްތީނު ރައްޔިތުންނަށް އެހީވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފަށައިގެން ޔާހޫދީ ސިފައިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ގަތުލްއާންމުގައި މިހާތަނަށް 44،249 މީހުން މަރުވެފައިވާ ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.
އޭގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ މައުސޫމް ތުއްތު ކުދީންނާ އަދި އަންހެނުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް