ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީން 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ވަނީ މިއަހަރަށް ވުރެ ބޮޑު ބަޖެޓެއް ހުށަހަޅާފަ

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.

މި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެޓަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއަދު މެންދުރުފަހު ބޭއްވުނު ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 19 މެންބަރުންގެ ތެރެއިން 15 މެންބަރުން ވަނީ ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ އިތުރު ބަދަލެއް ނުގެނައި ނަމަވެސް މަޝްރޫޢުތަކުގެ ތަފްސީލު މަޖިލީހަށް ދިނުމަށް ޝަރުތުކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީއެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ބަޖެޓް ކޮމިޓީން ވަނީ ބަޖެޓާ ގުޅޭ ގޮތުން ބައެއް ރިކޮމެންޑޭޝަންތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުމާއި، އަމަލީ މަސައްކަތް ނިންމާނެ ކަމުގެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުން ހިމެނެއެވެ.

މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި އެސްއޯއީތައް އިސްލާހު ކުރުމަށް ވެސް ކޮމިޓީން ވަނީ ލަފާ ދީފައެވެ. އަދި ޓެކްސް ގާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާއިން އަޅާ ފިޔަވަޅުތައް މުރާޖައާކޮށް، ދިމާވާ ދަތިތައް ކުޑަ ކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

49 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy