ރާއްޖޭގެ އަރބަން ސަރަޙައްދުތައް ތަރައްޤީކުރުމަށް އައު ޤާނޫނެއް ފާސްކޮށްފި

ރާއްޖޭގައި އާބަން ސެންޓަރުތަކެއް އުފެއްދުމަށް މި ސަރުކާރުން ނިންމާފައިވޭ

ރާއްޖޭގައި އަރބަން ސަރަޙައްދުތައް ތަރައްޤީކުރުމާ ގުޅޭ އައު ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ހުށަހެޅުއްވި ބިލެކެވެ. މި ބިލު ފާސްކުރުމަށް ޖަލްސާގައި ބައިވެރިވި 70 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކުރުމާ ގުޅޭ ކަންކަން ހަރުދަނާ އަދި ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމްކުރުމެވެ. މީގެ ތެރޭގައި އަރބަން ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތައް ކަނޑައެޅުމާއި، ބިމުގެ ބޭނުން ކަނޑައެޅުމާއި، ތަރައްޤީކޮށް ހިންގުމުގެ އުސޫލުތަކާއި، އެ ސަރަޙައްދުތަކުގައި ހިންގާ މަޝްރޫޢުތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާ ބެހޭ އުސޫލުތައް ހިމެނެއެވެ.

މި ޤާނޫނުގެ ދަށުން، އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި ތަރައްޤީކޮށް ހިންގުމާ ބެހޭ ޤައުމީ ސިޔާސަތެއް އެކުލަވާލަންޖެހޭނެއެވެ. މި ސިޔާސަތު އެކުލަވާލާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ޤާނޫނު ތަންފީޛުކުރުމުގެ އިސް ޒިންމާ ނަގާނީ އުމްރާނީ ތަރައްޤީގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ވުޒާރާއިންނެވެ.

މި ޤާނޫނުގެ ދަށުން "އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަންޖެހޭނެއެވެ. މި އޮތޯރިޓީ އުފެދުމާއެކު، މިހާރު އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އަރބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި ޒިންމާތައް މި އޮތޯރިޓީއަށް ބަދަލުވާނެއެވެ. ނަމަވެސް އޮތޯރިޓީ ހިންގާނީ އެ ވުޒާރާގެ ދަށުންނެވެ.

ރާއްޖޭގައި އަރބަން ސަރަޙައްދުގެ ގޮތުގައި މެޓްރޮޕޮލިޓަން އޭރިއާތަކާއި، އަރބަން ރީޖަން އަދި އަރބަން ސެންޓަރު ހިމެނޭ ހިމެނޭ ތިން ބާވަތުގެ ސަރަޙައްދުތަކެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި އާސާރީ ސަރަޙައްދުތަކާއި ގުދުރަތީ ލޭންޑްސްކޭޕާއި ހިމާޔަތްކުރަންޖެހޭ ގަސްގަހާގެއްސާއި ގުދުރަތީ ވަސީލަތްތައް ތަރައްޤީކުރުން މި ޤާނޫނުގެ ދަށުން މަނާކުރެވިފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy