ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ކުރިއަށް އޮތް 10 ނުވަތަ 15 ދުވަސް ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.
ވަޒީރު އަމީން ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާނީ އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، ސަލާމަތީ ގޮތުން އެންމެ ރަނގަޅު ފެންވަރުގެ ހެލިކޮޕްޓަރުތަކުން ކަމަށެވެ. މި ޚިދުމަތް ފެށުމުން އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ބަލިމީހުން ގެނައުމަށާއި، ރޭގަނޑު ޓޫރިސްޓުން އުފުލުމުގައި ދިމާވާ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޚިދުމަތް ފެށުމަށްޓަކައި މިދިޔަ އޮގަސްޓް މަހު ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ބައިނަލްއަޤްވާމީ 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ކަމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް