އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު
ސަރުކާރުން ހިންގަން އިއުލާންކުރާ ބައެއް ޕްރޮޖެކްޓްތައް ހޯދުމަށްފަހު އެޑްވާންސް ފައިސާ ނަގައިގެން އެ ޕްރޮޖެކްޓް ނުހިންގާ އަމިއްލަ ވިޔަފާރި ކުރާ ކުންފުނިތަކެއް އުޅޭ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ 2023 ވަނަ އަހަރާއި އޭގެ ކުރިން ވެސް ދައުލަތުން ހިންގާ އެކި ޕްރޮޖެކްޓްތައް ބިޑްކޮށްގެންނާއި އެހެން ގޮތްގޮތުން ހޯދައިގެން އެޑްވާންސް ޕޭމަންޓް ނެގުމަށްފަހު ފިލާ ކުންފުނިތަކެއް އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ މި ކުންފުނިތަކުން ދައުލަތުގެ ފައިސާ ނަގައިގެން އަމިއްލަ ވިޔަފާރި ކުރާ ކަމަށާއި، މިއީ ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި ޕާޓީގެ އެހެން އިސް ބޭފުޅުންނަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ދީގެން ވަރަށް ބޮޑެތި ނަފާތަކެއް ނެގި ކަމަށް ގިނަ ތުހުމަތުތައް ކުރެވިފައިވެއެވެ. ފެނަކަ ފަދަ ކުންފުނިތަކާއި އެހެން ޕްރޮޖެކްޓްތައް ވެސް ސަރުކާރުން މެންބަރުންގެ މަސްލަހަތު އޮތް ކުންފުނިތަކަށް ދީގެން ވަކި ބަޔަކަށް ބޮޑެތި މާލީ މަންފާތަކެއް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް