ޗެމްޕިއަންސް ލީގުގައި ބޮޑު ތަފާތަކުން އާސެނަލް މޮޅުވި އިރު، ސިޓީގެ މެޗުވީ އެއްވަރު

ރޭގެ މެޗުގައި އާސެލްއިން ވަނީ މޮޅުކުޅުމެއް ދައްކާފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް ބޮޑު ތަފާތަކުން މޮޅުވި އިރު، މެންޗެސްޓާ ސިޓީގެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.  

އާސެނަލުން ވަނީ ރަށުން ބޭރުގައި ސްޕޯޓިން ލިޒްބަން 5-1 އިން ބަލިކޮށްފައެވެ. އެހެންނަމަވެސް، މެންޗެސްޓަރ ސިޓީން ވަނީ އަމިއްލަ ދަނޑުގައި ތިން ގޯލުގެ ލީޑެއް ނަގާލައި، ފެޔަނޫޑާ 3-3 އިން އެއްވަރުވެފައެވެ.

އާސެނަލުން ރަށުން ބޭރުގައި ސްޕޯޓިން ލިޒްބަން އަތުން 5-1 އިން މޮޅުވި އިރު އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައި ވަނީ ގަބްރިއެލް މާޓިނެލީ، ކައި ހަވާޓްޒް، ގަބްރިއެލް މަގާޅައެސް، ބުކާޔޯ ސަކާ އަދި ލެއަންޑްރޯ ޓްރޮސާޑް އެެވެ. ސްޕޯޓިންގެ ހަމައެކަނި ލަނޑު ޖެހީ ގޮންޒާލޯ އިނާޝިއޯ އެވެ.

އާސެނަލްގެ މޮޅާއެކު، އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގައި ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށް، ސްޕޯޓިންއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް އެ ޓީމަށް ވުރެ ކުރިއަށްޖެހިލާފައެވެ. މިހާރު އާސެނަލް އޮތީ ހަތްވަނާގައެވެ.

މެންޗެސްޓަރ ސިޓީއަށް މިވަނީ ވިދިވިދިގެން ކުޅުނު ހަވަނަ މެޗުންވެސް މޮޅެއް ހޯދޭގޮތް ނުވެފައެވެ. ރޭގެ މެޗުގައި ސިޓީންވަނީ  މެޗުގެ 75 ވަނަ މިނެޓާއި ހަމައަށް 3-0 އިން ލީޑުކޮށްފައެވެ. ނަމަވެސް މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައި ފެޔަނޫޑާ ވަނީ ސިޓީ ކޮޅަށް ތިން ގޯލު ވައްދާލައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގެގުގެ ތާރީޚުގައި ވެސް އެހާ ކުޑަ ވަގުތެއްގެ ތެރޭގައި އެ ވަރުގެ ލީޑެއް ނަގާލެވުނު ފުރަތަމަ ފަހަރެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑް ދެ ގޯލާއި އިލްކާއި ގުންޑޮގާން އެވެ. ފެޔަނޫޑްގެ ލަނޑުތައް ޖެހީ، އަނިސް ހަޖް މޫސާ، ސަންޓިއާގޯ ޖިމެނޭޒް އަދި ޑޭވިޑް ހަންކޯ އެެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy