ފްލެޓް ލިސްޓަށް ނުފޫޒު ފޯރުވާކަމުގެ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކޮށްފި

ފުލެޓް ލިބުން އެތަށްބައެއްގެ އިންތިޒާރާ ގުޅިފައިވާކަމެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފްލެޓް ލިސްޓުގެ ރީ-އިވެލުއޭޝަނުގެ މަސައްކަތަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ.

މިދިޔަ ސަރުކާރުން އާންމުކުރި ލިސްޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުނު މައްސަލަތަކަކާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒުގެ ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީން ވަނީ، ފްލެޓަށް ލާފައިވާ ހުރިހާ ފޯމްތައް އަލުން އިވެލުއޭޓް ކުރަން ނިންމާފައެވެ.

ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވަނީ މިނިސްޓްރީގެ މަގްސަދަކީ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ފްލެޓް ލިބިގެންދަނީ އެންމެ ހައްގުވެރި މީހުންނަށް ކަމުގައި ކަނޑައެޅުން ކަމަށް ބަޔާންކޮށްފައެވެ. އަދި މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށްވާތީ، މިކަމުގައި މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދުމެއްނެތި، ސިޔާސީ ބޭނުމަށް ހަގީގަތާ ހިލާފު ހަބަރު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

57 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy