ވ.ރަކީދޫ
ވ. ރަކީދޫގައި މިހާރު ބޭނުންކުރަމުންދާ އިރުގެ އަލިން ސާފު ހަކަތަ އުފައްދައިދޭ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމުގެ ސަބަބުން، އެ ރަށުގައި ޖަނަރޭޓަރު ޖައްސަން ޖެހެނީ ދުވާލަކު ދެ ގަޑިއިރަށް އެކަނި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ މިއަދު ހާމަކުރައްވައިފިއެވެ.
ފަހުމީ މިކަން ހާމަކުރައްވާފައި ވަނީ އެ ބޭފުޅާގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭގައި އޭނާ ވިދާޅުވީ، މިހާރު ރަކީދޫގައި ހިންގަމުންދަނީ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ނިޒާމެއް ކަމަށެވެ.
މި ނިޒާމަކީ ފޮޓޯވޯލްޓެއިކް (ޕީވީ) ސިސްޓަމަކާއި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އަދި ޑީސަލް ޖެނެރޭޓަރު އެއްކޮށްލައިގެން އިތުބާރުހުރި ކަރަންޓު ފޯރުކޮށްދޭ ނިޒާމެކެވެ. ފަހުމީ ވިދާޅުވިގޮތުގައި، މި ނިޒާމުގައި ބޭނުންކުރަނީ އިރުގެ އަލިން ލިބޭ ހަކަތައާއި ބެޓެރީގައި ރައްކާކުރެވޭ ހަކަތައެވެ.
މި ނިޒާމުގެ ސަބަބުން ރަކީދޫގައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މިއީ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ފަހުމީ ވަނީ އިއާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒަށް ވާސިލުވުމުގެ ތަސައްވުރާއި އެ ކަމަށް ކުރައްވާ މަސައްކަތްޕުޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ނިޒާމަކުން އުފެއްދުމުގެ ވައުދުފުޅާ ގުޅިފައިވާ ކަމެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް