މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ / ފޮޓޯ: މަޖިލިސް
ވެލާނާ އިންޓަނންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި އަންނަ އަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށް އެ އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލްއިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލްއިން މިފަދައިން ބުނެފައި ވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ އެސްއޯއީ ކޮމިޓީގެ ސަބްކޮމިޓީގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ޓާމިނަލްގެ މަސައްކަތް ވަރަށް ބާރަށް ޝެޑިއުލްއަށް ވުރެ ވެސް އަވަސްކޮށް ކުރިއަށްދާ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ޓާމިނަލްގެ މަސައްކަތްތައް ރޭވިފައިވާ މިންވަރަށް ވުރެ 3 އިންސައްތަ އިތުރަށް ނިމިފައިވެއެވެ. މިގޮތުން، މިހާތަނަށް 85 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ރޭވިފައިވާ ގޮތުން 82 އިންސައްތަ ނިމިފައި ހުންނަންޖެހެނީއެވެ. މި ހިސާބުން، އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު ޓާމިނަލް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން ސަރުކާރުން ވަނީ މި އަހަރުގެ ފަހުކޮޅު ޓާމިނަލްގެ ބައެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޫސުމުގެ އެންމެ ބިޒީ ދުވަސްވަރު ކަމަށްވާތީ، އެއާލައިންތައް ތަމްސީލުކުރާ އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ)އިން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، އެ ކޮމިޓީގެ ލަފާގެ މަތިން އަދި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު، ޓާމިނަލް ހުޅުވުން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް