ދަރިންގެ ހަރަދަށް ދޭންޖެހޭ ފައިސާގެ އަދަދު 2000ރ. އަށްވުރެ ބޮޑުކޮށްދިނުމަށް ހުށަހަޅައިފި

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހީމް

ކައިވެނި ރޫޅުމަށް ފަހު، އެ ކައިވެންޏަށް ލިބިފައިވާ ދަރިންގެ ޚަރަދަށް ބައްޕަ ދޭންޖެހޭ 2000 ރުފިޔާއިން ޚަދަދުތައް ފޫނުބެއްދޭތީ މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކޮށް ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް ގަވާއިދު ބަދަލުކުރަން ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހީމް އެދިވަޑައިގެންފިއެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 72ވަނަ މާއްދާގައި ވާގޮތުން ކުއްޖާ ބެލެހެއްޓުމުގެ ޚަރަދަށް ކޮންމެ މަހަކު 2000 ރުފިޔާ ބައްޕަ ދޭންޖެހެއެވެ. އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ދ ދޭންޖެހެއެވެ. މީގެ އިތުރުން އަހަރަކު ތިން ހެދުން، ސްކޫލް ޔުނިފޯމާއި ފޮތްތައް އަދި ބޭސްފަރުވާގެ ޚަރަދުތައް ވެސް ބައްޕަ ކޮށްދޭންޖެހެއެވެ.

މެމްބަރު މުހައްމަދު އިބްރާހީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ޚިދުމަތާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މަހެއްގެ މައްޗަށް ކަނޑައެޅިފައިވާ 2000 ރުފިޔާއަކީ ދަރިންގެ ހުރިހާ ޚަރަދެއް ފޫބެއްދޭވަރަށް ވުރެ މާކުޑަ އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލް ފީއާއި ޓިއުޝަން ފީތަކަށް އެކަނި ބަލައިލިކަމުގައި ވީނަމަވެސް، 2000 ރުފިޔާ އަކުން ނުފުއްދޭނެ ކަމަށެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ މި އަދަދުގެ ސަބަބުން ކޯޓުގެ ދިގު މަރުހަލާ ކަނޑައްތު ކުރުމަށްފަހު ވެސް ލިބެނީ ހަމަ މިއަދަދު ކަމުން ރޫޅިފައިވާ އައިލާތަކާއި އެކަނިވެރި މައިންނަށް މިކަން ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށް ވެފައި ވާކަން އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކޮށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މި ގަވާއިދަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތް ހަދައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy