ބޯން މެރޯ ހެއްދުމަކީ ގިނަ ބަޔަކު ބޭނުންވާކަމެއް
މިއަހަރުތެރޭ ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް 8 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ހާމަކުރައްވައިފިއެވެ.
އެންސްޕާއިން މިކަން ހާމަކުރެއްވީ އެއިދާރާއިން ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތެލެސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ 14 ކުށްޖަކުވަނީ ޒަކާތު ފަންޑުގެ ޚަރަދުގައި މިއަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާފައެވެ. މީގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ކުރިއަށްދާއިރު އަނެއްބައި ކުދިންވަނީ ފަރުވާ އެއްކޮށް ނިމިފައެވެ.
މިއަހަރުގެ މިހާތަނަށް 8 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވާއިރު، މިވަގުތުވެސް 5 ކުއްޖަކު ބޯންމެރޯ ހަދަމުންދާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތައް ދައްކައެވެ. މިއާއެކު މިވީ އެއް އަހަރުތެރޭ ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުންވަނީ 8،033،646.37 ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެންސްޕާއިން ބުނެއެވެ.
ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެތެރެއިން އަންނަ އަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ އާބާދީ އެންމެ ބޮޑު އެއް ޤައުމެވެ. ރާއްޖޭގެ ތެލަސީމިއާ ދަފްތަރުގައި 959 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، 666 މީހުން މިވަގުތު ދުނިޔޭގައި އެބަތިއްބެވެ. ރާއްޖޭގެ މުޅި އާބާދީގެ %16.6 މީހުންނަކީ ތެލަސީމިއާ ވާރުތަކުރާގޮތް ހުންނަ މީހުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް