ތިނަދޫގެ ސިޓީ ދަރަޖައާމެދު ސުވާލު އުފެއްދި ޑެޕިއުޓީ މިނިސްޓަރު މަޤާމުން ވަކިކޮށްފި

ޤާނޫނީ ވަކީލު މުޙައްމަދު ރާގިބު އަޙްމަދު

ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމާމެދު ސުވާލު އުފައްދައި ހައިކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޤާނޫނީ ވަކީލު މުޙައްމަދު ރާގިބު އަޙްމަދު މިއަދު އެ މަޤާމުން ރައީސް މުޙައްމަދު މުޢިއްޒުދު މުޢިއްޒު ވަކިކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން، ރާގިބު މަޤާމުން ވަކިކުރެއްވި ކަމަށެވެ.

ރާގިބު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ތިނަދޫގައި 10،000 މީހުން ހަމަވާ ކަމަށް ދައްކާފައިވަނީ ޞައްޙަ ނޫން ލިޔެކިޔުންތަކުގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި މަރުވެފައިވާ 115 މީހަކު ކައުންސިލްގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށާއި، ތަކުރާރުވާ އައިޑީ ކާޑުތައް ގިނަ ކަމަށް ފާހަގަކޮށްފައިވެއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ މަޢުލޫމާތުން ދައްކާގޮތުގައި މި މަހުގެ 17 ގެ ނިޔަލަށް ވެސް ތިނަދޫގެ އާބާދީއަކީ 7،924 ކަމަށް ރާގިބު ފާހަގަކުރައްވާފައިވެއެވެ.

ރާގިބުގެ މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް އެ ކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ 31 އޮގަސްޓް 2023 ގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy