ފުއާދު ތައުފީގު
އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވުމާ ގުޅިގެން، ތައިލެންޑުގައި ހުންނަ ދިވެހި ސަފީރުކަމަށް އޭނާ އައްޔަން ކުރުމަށް ސަރުކާރުން ނިންމައި، ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި މަޢުލޫމާތު ހާމަކުރެއްވީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއެވެ. އޭނާ ވިދާޅުވި ގޮތުގައި ތައިލެންޑުގެ ސަފީރުކަމަށް ފުއާދު އައްޔަން ކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވާފައިވެއެވެ.
ފުއާދުގެ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުގެ ދައުރު ހަމަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ އެ މަޤާމަށް ދެވަނަ ދައުރަކަށް އައްޔަން ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އިލެކްޝަން ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުން، އެ ކޮމިޝަންގެ މެންބަރުކަން ދެ ދައުރަށްވުރެ ގިނަ ދައުރު އަދައެއް ނުކުރެވޭނެއެވެ.
ފުއާދަކީ އިންތިޚާބުތަކާ ގުޅޭ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1978 ވަނަ އަހަރުން ފެށިގެން އެކި އިންތިޚާބުތަކުގައި މަސައްކަތް ކުރައްވާފައެވެ.
އާ ޤާނޫނުއަސާސީއާ އެކު އިލެކްޝަން ކޮމިޝަން އުފެދުމާ ގުޅިގެން، ފުއާދު އެންމެ ފުރަތަމަ އަދާކުރެއްވީ އިންތިޤާލީ ކޮމިޝަންގެ މެންބަރުކަމެވެ. އޭގެ ފަހުން އެ ކޮމިޝަންގެ ރައީސްކަން ކުރެއްވިއެވެ. ކޮމިޝަނަކަށް ބަދަލުވުމަށްފަހު، 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ފުއާދު އެ ކޮމިޝަންގެ ރައީސްކަން ކުރެއްވިއެވެ.
އޭގެ ފަހުން ދެވަނަ ދައުރަކަށް އަލުން އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ވަޑައިގެން، ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް