ފަތުރުވެރިކަމާއި ބެހޭ ވަޒީރު އެވޯޑާއި ހަވާލުވެ ވަޑައިގަންނަވަނީ / ފޮޓޯ:މިނިސްޓްރީ
ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ރާއްޖެއިން ފަސް ވަނަ ފަހަރަށް ހޯދައިފި އެވެ.
މިއީ ވިދި ވިދިގެން އެ އެވޯޑު ރާއްޖެއަށް ލިބުނު ފަސް ވަނަ ފަހަރެވެ. އެ އެވޯޑުގެ އިތުރުން ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑު ވެސް ރާއްޖެއަށް ވަނީ ލިބިފަ އެވެ.
ޕޯޗުގަލްގެ މެޑީރާގައި ބޭއްވި އެ ހަފްލާގައި އެވޯޑާ ހަވާލުވެ ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. ފައިސަލް ވިދާޅުވީ، އެ ފަދަ ޝަރަފުވެރި އެވޯޑުތައް ރާއްޖެއަށް ލިބެނީ، ޓޫރިޒަމް ދާއިރާގެ ހުރިހާ އެންމެންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި އެފަދަ އެވޯޑުތަކާ އެކު ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް އިތުރަށް ފަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރު ކުރީ ކޮޅު ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ވެސް މުހިންމު އެވޯޑުތަކެއް ލިބިފަ އެވެ. އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި އޮތް އެ އެވޯޑު ހަފްލާގައި ރާއްޖެ އަށް ވަނީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ލިބިފަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރު ތައާރަފްކުރި، ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ. ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ ބޭނުމަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުމެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް