އިސްރާއީލުގެ ހަމަލާތަކުން ދެ ދުވަސް ތެރޭ ޣައްޒާއިން 120 މީހުން ޝަހީދުކޮށްލައިފި

ކޮންމެ ދުވަހަކުވެސް އިސްރާއިލުން ގެންދަނީ ޣައްޒާއަށް ހަމަލާ ދެމުން

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ދެ ދުވަހުގެ ތެރޭގައި 120 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.

ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއްގައި ހަތް މީހަކު ޝަހީދުފައިވާއިރު، ޣައްޒާގެ މެދުތެރެއާއި ދެކުނުންވެސް މީހުން ޝަހީދުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ މެދުތެރޭގެ ނޫސެއިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އަލްފާރޫގު މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. ޣައްޒާގެ އުތުރަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެ ސަރަހައްދުގައި ޚިދުމަތް ދެވެން ހުރި އެންމެ ފަހު ހޮސްޕިޓަލަށްވެސް ހަމަލާދީ ބައެއް މުވައްޒަފުން ވަނީ ޒަޚަމްކޮށްލާފައެވެ.

ހުކުރު ދުވަހު ޣައްޒާގެ ސިއްޚީ ވުޒާރާއިން ބުނެފައިވަނީ ހޮސްޕިޓަލްތަކަށް ތެޔޮ ބޭނުންވާ ކަމަށާއި ތެޔޮ ނުލިބިއްޖެނަމަ، ދެ ދުވަހުގެ ތެރޭގައި ޚިދުމަތް ދިނުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އިސްރާއީލުން ޣައްޒާގެ އުތުރަށް އެއްގަމު މަގުން ދޭ ހަމަލާތައް ވަރުގަދަ ކުރި ފަހުން އެ ސަރަހައްދަށް އެގޮތަކަށްވެސް އިންސާނީ އެހީ ފޯރުކޮށްދެވިފައިނުވާ ކަމަށް އދން މި ހަފުތާ ކުރީކޮޅު ބުނެފައިވެއެވެ.

މިދިޔަ އަހަރު އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 44،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގައި ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދު 104،000 އަށް ވުރެ ގިނަ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

އެއްވެސް ޝަރުތަކާނުލައި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވައިލައި އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުވެސް އެމެރިކާއިން ވަނީ ބޭރުކޮށްލާފައެވެ. އެމެރިކާއަކީ އިސްރާއީލަށް މާލީ އަދި އަސްކަރީ ގޮތުންވެސް ވާގިވެރިވާ އިސްރާއީލުގެ އެންމެ ގާތް ގައުމެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy