ދޮޅު ކިލޯއަށް ވުރެ ގިނަ "ޕާޓީ ޑްރަގްސް" އެތެރެކުރަނިކޮށް އަނެއްކާވެސް އަތުލައިގެންފި

ރާއްޖެއަށް މީގެ ކުރިން އެތެރެކުރަން އުޅުނު ޕާޓީ ޑްރަގްސް -- ފޮޓޯ/ ޕޮލިސް

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ބަރުދަނުގައި 1.518 ކިލޯ ހުރި މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގަނެފިއެވެ.

ކަސްޓަމްސުން ބުނީ މި ތަކެތި އެތެރެ ކުރަނިކޮށް އަތުލައިގަތީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ބަލައި ފާސް ކުރެވުނު ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ފޮރުވާފައި ހުރި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަޅާފައި ހުރި ޕެކެޓު ތަކެއް އަތުލައި ގަނެފައިވާ ކަމަށާއި، މި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "މެތަމްފެޓަމިން" އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސުން ބުންޏެވެ.

މިތަކެތީގެ މަގުމަތީ އަގު ބެލެވޭ ގޮތުގައި 3،000،000.00 (ތިން މިލިއަން) ދިވެހި ރުފިޔާ އަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސުން ބުނެެއެވެ.

މި ޝިޕްމެންޓުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮޮށް ދިވެހި ސިފައިން ހިފެހެއްޓި، ސްރީލަންކާގެ މަސްބޯޓުން ވެސް 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ހިންގި އޮޕަރޭޝަނެއްގައި މި ބޯޓު އަތުލައިގަތީ ހދ. މަކުނުދޫ ބޭރުންނެވެ.

ފުލުހުން ބުނީ އެ ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޕްރެލިމިނަރީ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން 124.6 ކިލޯ އަކީ ކޮކެއިން، އަދި 344 ކިލޯ އަކީ މެތު ކަމަށެވެ.

މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy