އާރުޑީސީން ހުއްޓާލާފައިވާ 17 މަޝްރޫއުގެ މަސައްކަތް އަލުން ފަށައިފި

އާރުޑީސީން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްގެ ތެރެއިން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ހުއްޓާލާފައިވާ 17 މަޝްރޫޢުގެ މަސައްކަތް އަލުން ފަށައި، އިތުރު 10 ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ޒުހައިރު ވިދާޅުވި ގޮތުގައި، ކުންފުންޏާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ފެށީ ކުންފުނި އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ. މިގޮތުން ކުންފުނީގެ ބޯޑާއި ޕީސީބީއާ މަޝްވަރާކޮށް، ކުންފުނި ރިފޯމްކުރުމުގެ މަސައްކަތް ފަށާފައިވެއެވެ.

ކުންފުނި ރިފޯމްކުރުމުގެ މަސައްކަތުގެ ދަށުން ކުރި އެންމެ މުހިންމު އެއްކަމަކީ ހިންގުމުގެ ޚަރަދު ކުޑަކުރުން ކަމަށް ޒުހައިރު ވިދާޅުވިއެވެ. މިގޮތުން ކުންފުންޏަށް ތަކެތި ގަންނާނެ ވަކި އަގުތަކެއް ކަނޑައަޅައި، މަހެއްގެ މައްޗަށް 18 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދު ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން އިތުރުގަޑި ލިބޭގޮތުގެ ކޮންޓްރޯލް މެކޭނިޒަމެއް ކަނޑައަޅައި، ރަސްމީކޮށް ހަ ދުވަހު މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި އާރްޑީސީ ބަދަލުކޮށްފައިވާ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ. މި ބަދަލުތަކާއެކު، ކުރިން އާމްދަނީއާ ނުބައްދަލު މިންވަރަށް ޚަރަދުކުރަމުންދިޔަ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

56 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy