ކޯސްޓްގާޑުން ހިފެހެއްޓި ލަންކާ ބަސް ބޯޓު -- ފޮޓޯ/ އެންއެންޑީއެފް
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮޮށް ދިވެހި ސިފައިން ހިފެހެއްޓި، ސްރީލަންކާގެ މަސްބޯޓުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ހިންގި އޮޕަރޭޝަނެއްގައި މި ބޯޓު އަތުލައިގަތީ ހދ. މަކުނުދޫ ބޭރުންނެވެ. އެވަގުތު ބޯޓުގައި ތިބީ ފަސް މީހުންނެވެ.
އެ ފަސް މީހުންނަކީވެސް އަވަށްޓެރި ލަންކާގެ މީހުންނެވެ.
މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލި ޝުޖާއު ވިދާޅުވީ ސިފައިންނާ އެކު ކުޅުދުއްފުށީ ސިޓީ ޕޮލިހުން މިއަދު ހެނދުނު އެ ބޯޓަށް އަރައި ފާސް ކުރުމުން ޖުމުލަ 468.6 ކިލޯގެ މަސްތުވާތަކެެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވީ އެ ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޕްރެލިމިނަރީ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން 124.6 ކިލޯ އަކީ ކޮކެއިން، އަދި 344 ކިލޯ އަކީ މެތު ކަމަށެވެ.
"މި އުޅަނދު ބަލައި ފާސް ކުރުމުން ޖުމުލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ވަނީ ފެނިފަ. މި ތަކެތީގެ ޕްރެލިމިނަރީ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން މީގެ ތެރޭގައި 344 ކިލޯގެ މެތް، އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވޭ،" ސީޕީ ވިދާޅުއެވެ.
މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ ތަހުގީގު ކުރިއަށް ދާތީ، ލަންކާގެ މަސް ބޯޓާއި ރާއްޖޭގެ އެއްވެސް މަސްތުވާ ތަކެތީގެ ނެޓްވޯކަކާ ގުޅުމެއްވާ ކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް