އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު --
މިނިސްޓްރީގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްލޭންގައި އައު އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ނަމާދު ކުރަން އަހުލުވެރި ކުރުވުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް, މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްލޭންގައި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރި ކުރުވުމަށާއި، ނަމާދަށް ލޯބިޖެއްސުމަށް ކަމަށެވެ.
މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަކީ ވެސް ޖަމާއަތުގައި ފަރުޟު ފަސް ނަމާދު ކުރުމަށް ވަރަށް ބޮޑަށް ލޯބި ކުރައްވައި އަދި އެންމެންވެސް އެކަން އަދާ ކުރުމަށް ހިތްވަރު ދެއްވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.
މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓައި، އިސްލާމްދީނަށް ނަސްރުދޭން ކަމަށެވެ.
އެގޮތުން ފަރުޟު ފަސް ނަމާދަކީ އިސްލާމްދީނުގެ މުހިންމު އެއް ތަނބަށްވާއިރު، އެ މަނިކުފާނު ވަނީ ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި ގާއިމު ކުރަން އިލްތިމާސް ކުރައްވާފައެވެ.
ވަކިން ހާއްސަކޮށް އެ މަނިކުފާނު ވަނީ ފަތިސް ނަމާދުގެ ޖަމާއަތް ހީނަރުވިޔަ ނުދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް އޭރު ވިދާޅުވީ ނަމާދުގެ ޖަމާއަތް ބައިބޯ ވެއްޖެ ނަމަ، މުޅި ގައުމު ވަރުގަދަވެ، އުފާވެރިވެ، ބާއްޖަވެރިވާނެ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް