---
ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް 11 ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި ގިނައީ ދިވެހި އިންވެސްޓަރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފްތާ52" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ، މި ސަރުކާރުން ފަތުރުވެރިކަމަށް ހުޅުވާލީ 25 ރަށް ކަމަށެވެ. އޭގެތެރެއިން 11 ރަށުގެ އެވާޑްލެޓާ ލިބި، ދައުލަތަށް ދައްކަން ޖެހޭ އިކުޒިޝަން ކޯސްޓް މިހާރު ދައްކާފައިވާ ކަމަށެވެ.
އޭގެތެރެއިން ބައެއް ރަށްތަކުގެ މާސްޓާ ޕްލޭން އެޕްރޫވް ކޮށްފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެ ރަށްތަކަކީ 385 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށެވެ.
ދިވެހި ޒުވާނުން ފަތުރުވެރިކަމަށް އިންވެސްޓްކުރުމަށް މިނިސްޓަރު ބާރު އެޅުއްވި އެވެ. މިހާރު އިންވެސްޓް ކުރުމުން މީގެ 20 ވަރަކަށް އަހަރު ފަހުން ފަތުރުވެރިކަމުގެ ދާއިރާގައި ބޭރު މީހުން ޑޯމިނޭޓްކުރާ ކުރުން ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރާ ދިވެހިން ގިނަކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް