އޭސީސީ އާއި އީސީގެ ފަސް މެންބަރަކު ވަކިކުރުމަށް ކޮމިޓީން ނިންމައިފި

މިއަދު ކުރިއަށް ދިޔަ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މަޖިލިސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމުގައި ނިންމައިފިއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މަޤާމުން ވަކިކުރަން ފާސްކޮށްފައިވަނީ އޭސީސީގެ ނައިބު ރައީސް ޢަބްދުއްސަލާމް އާއި މެންބަރު ތޯހާ މުޙައްމަދު، އަދި އިލެކްޝަންސް ކޮމ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރުން ޑރ. މުޙައްމަދު ޒާހިރު އަދި މުޙައްމަދު އާޞިފްއެވެ.

މި ނިންމުން ނިންމާފައިވަނީ އެ ދެ މުއައްސަސާގެ ޤާނޫނުތަކުގައިވާ މާއްދާތަކަށް ރިޢާޔަތްކޮށެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ވާޖިބުތައް އަދާކުރުމުގައި ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށާއި، އަމިއްލަ މަޞްލަޙަތު ހާސިލުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާތައް ހިމެނެއެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުޙައްމަދު ނާޞިޙުގެ މައްސަލަ ވެސް ދިރާސާކޮށްފައިވީ ނަމަވެސް، އޭނާ ވަކިނުކުރުމަށް ކޮމިޓީން ނިންމިއެވެ. މި ބައްދަލުވުން ކުރިއަށް އަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އެ ކޮމިޝަންތަކާ ގުޅޭ ޤާނޫނަށް އިޞްލާޙެއް ހުށަހަޅާފައިވަނިކޮށެވެ. މާދަމާގެ މަޖިލިސް ޖަލްސާގައި މި މައްސަލައަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy