ރައީސް އޮފީސް
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ޤާނޫނީ ލިޔުންތައް ފޮނުވުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.
މި ބަދަލު ގެނެސްފައިވާކަން ހާމަކޮށްފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމަކުންނެވެ.
މި އައު އުސޫލުގެ ދަށުން، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން ގެޒެޓުގައި ޝާއިޢުކުރުމަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ފޮނުވަންވާނީ legalaffairs@po.gov.mv މި އީމެއިލް އެޑްރެހަށެވެ. މި ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ.
ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ލިޔުންތަކުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ހުރިނަމަ، އެ ކަންކަން އިޞްލާޙުކުރުމަށްފަހު، އެންމެ ފަހުގެ ދެލިކޮޕީ ފޮނުއްވަންވާނީ ކަމާބެހޭ ވުޒާރާގެ ވަޒީރު ނުވަތަ އެ ވަގުތަކު އެ ވުޒާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކުގައެވެ.
ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާފުޅު ހޯއްދަވަންޖެހޭ ދައުލަތުގެ އިދާރާތަކުން އެ ލަފާފުޅު ހޯއްދަވައި، އެ ލަފާފުޅާ އެއްގޮތަށް ޤާނޫނީ ލިޔުންތައް ތައްޔާރުކުރައްވައި، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާފުޅާއެކު ފޮނުއްވުމަށް ވެސް ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނީ ލިޔުންތައް ފޮނުއްވާއިރު ބަހުގެ ހަމަތަކަށާއި ޤާނޫނީ ހަމަތަކަށް ރަނގަޅަށް ބައްލަވައި ކުށް ފިލުއްވުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ޤާނޫނީ ލިޔުންތައް ތައްޔާރުކުރާ ފޯމެޓުގައި ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަންނަވާފައިވެއެވެ.
މި ބަދަލުތައް ގެނެސްފައިވީ ނަމަވެސް، ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ގަވާއިދު ހެދުމާ ގުޅޭ ކުރީގެ ދެންނެވުންތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ގެޒެޓުގައި ޝާއިޢުކުރާ ލިޔުންތަކުގެ ފެންވަރު ރަނގަޅުކޮށް، އެ މަސައްކަތް އިތުރަށް ހަރުދަނާކުރުން ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް