ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން މިރޭ

ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓު ލުން ކުރިއަށް ދަނީ --

ސަރުކާރު ހިންގައި ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އާ ހަމައަށް ކުރިޔަށްދިޔަ އިންތިހާބުގެ ވޯޓުލުން މާލެއާ އެކު 90 ރަށެއްގައި ކުރިއަށް ގެންދިޔައެވެ.

އިންތިހާބުގައި 143 ވޯޓު ފޮށި ބަހައްޓާފައި ވާއިރު އޭގެ ތެރެއިން 53 ފޮށި ހުރީ މާލޭގައެވެ. އަދި މާލެއާ އެކު 90 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދިޔައެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި 1،984 މަގާމަކަށް މީހުން އިންތިހާބުކުރި ނަމަވެސް އިންތިހާބަކާ ނުލައި ބައެއް މަގާމުތަކަށް މީހުން ހޮވިފައިވާތީ، ކެންޑިޑޭޓުންގެ އަދަދަކީ 667 އެވެ.

އިންހާބާ ގުޅޭގޮތުން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް އިންތިހާބީ ކޮމެޓީން ކުރަމުން އަންނަ ކަމަށާއި އެހެންވެ، މިރޭގެ ވަގުތެއްގައި އިންތިހާބުގެ ވަގުތީ ޖަތީޖާ އިއުލާން ކުރެވޭވަރު ވާނެ ކަމަށެވެ.

"އަޅުގަނޑު މި ބަލަނީ އިރާދަ ކުރެއްވިއްޔާ މިރޭގެ ވަގުތެއްގައި އިންތިހާބުގެ ވަގުތީ އިއުލާން ކުރެވޭނެ ކަމަށް. އެއަށްފަހު ދާއިމީ ނަތީޖާ އިއުލާން ކުރާނެ ދުވަހެއް އަޅުގަނޑުމެން ދަންނަވާނަން،" އަދުރޭ ވިދާޅުވިއެވެ.

ޕީއެންސީގެ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި މިވަގުތު ތިބީ 62،000 މީހުންނެވެ. ނަމަވެސް ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 34،904 މީހަކަށެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެއް އިންތިހާބުގައި ޕާޓީގެ އިސް މަގާމުތަކާއި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ޕާޓީން ރަށްރަށުގައި ހިންގައި ހަރަކާތްތަކުގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy