ރަޝިޔާއިން ވަނީ ހުނޅަގަށް ވަރުގަދަ އިންޒާރެއް ދީފަ
ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް "އޮރެޝްނިކް" މަރުކާގެ ހައިޕާސޮނިކް އައު މިސައިލެއް ތަޖުރިބާ ކުރުމަށްފަހު، ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ހުޅަނގަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
މި މިސައިލް ތަޖުރިބާކުރީ ޔުކްރެއިނުން ރަޝިއާއަށް "އަޓަކަމްސް" މަރުކާގެ ދުރުރާސްތާގެ މިސައިލް ބޭނުންކޮށްގެން ހަމަލާދިނުމުން އޭގެ ރައްދުގެ ގޮތުގައެވެ. ރަޝިއާގެ މި އައު މިސައިލް އަމާޒުކުރީ ޔުކްރެއިންގެ ސިނާއީ އަދި އަސްކަރީ ކާރުޚާނާތަކެއް ހުންނަ ބޮޑު އެކުވެންޏަކަށެވެ.
ޕޫޓިން ވިދާޅުވިގޮތުގައި "އޮރެޝްނިކް" މަރުކާގެ ހައިޕާސޮނިކް މިސައިލް ވައްޓާލެވޭނެ އެއްވެސް ދިފާއީ ޓެކްނޮލޮޖީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުހުންނާނެ ކަމަށާއި އަދި އެ މިސައިލަށް ހުރަސް އެޅޭފަދަ ދިފާއީ ނިޒާމެއް މިހާތަނަށް އެއްވެސް ގައުމަކަށް އުފެއްދިފައިނުވާ ކަމަށެވެ.
ރަޝިއާގެ އަސްކަރީ މަސްއޫލުވެރިއެއްގެ ބަހުން، މި ބާވަތުގެ މިސައިލުން އެމެރިކާގެ ކޮންމެ ތަނަކަށް ހަމަލާދިން ނަމަވެސް އެހަމަލާއެއް އެމެރިކާއަށް އެއްވެސް ވަރަކަށް ދިފާއު ނުކުރެވޭނެއެވެ. އަދި މި މަރުކާގެ ކޮންމެ މިސައިލެއް ވެސް ހުރަހަކާ ނުލައި އެމެރިކާގެ ކޮންމެ ތަނަކަށްވެސް އަރާނެއެވެ.
ޕޫޓިން އިތުރަށް ވިދާޅުވިގޮތުގައި ރަޝިއާގެ އަސްކަރީ އިންޑަސްޓްރީން މިހާރު ގެންދަނީ އައުބާވަތުގެ ވަރަށް ޒަމާނީ ހަތިޔާރުތަކެއް އުފައްދަމުންނެވެ. އަދި އަލަށް އުފައްދާ ހަތިޔާރުތައް ދެން ތަޖުރިބާކުރާނީ ޔުކްރެއިންގެ ތަންތަނަށް ހަމަލާދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ މި ވާހަކަތަކުން ދޭހަވަނީ އެ ޤައުމިން މިހާރު ތައްޔާރުކުރަމުންދާ އައު ހަތިޔާރުތަކުގެ ނުރައްކާތެރިކަމާއި، ހުޅަނގުގެ ފަރާތުން ކުރިމަތިވާ ބިރުވެރިކަމަށް ރަޝިއާއިން ދޭ އިންޒާރެވެ. މިކަމުން ދެ ފަރާތުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު އުފެދެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް