މިދިޔަ 19 އަހަރު ތެރޭ ފުރަތަަމަ ފަހަރަށް ސިޓީ ޖެހިޖެހިގެން ފަސް މެޗުން ބަލިވެއްޖެ

ޓޮޓެންހަމުން ވަނީ ސިޓީގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދާފަ

މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-0 އިން ބަލިވެ، ވޭތުވެ ދިޔަ ފަސް އަހަރުތެރޭ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ފަސްމެޗުން ބަލިވެގެން މެޗު ނިންމާލަން ޖެހިއްޖެއެވެ.

މިއީ ސިޓީގެ ކާމިޔާބު ކޯޗް، ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ވެސް ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ޓޮޓެންހަމް އަށް ފުރަތަމަ ހާފުގައި ގާތްގާތުގައި ދެ ގޯލު ޖަހައި، ދެ ގޯލުގެ ލީޑެއްނަގައިިދިނީ މިއަދު 28 ވަނަ އުފަންދުވަސް ފާހަގަކުރި ޖޭމްސް މެޑިސަން އެވެ. ފުރަތަމަ ލަނޑު ޖެހީ ޑޭޖާން ކުލުސެވްސްކީ ދިން ބޯޅައަކުންނެވެ. ދެ ވަނަ ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ ސޮން ހެއުން މިން އެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖެހީ، ކައުންޓަ އެޓޭކެއްގައި އަރައި، ފުލްބެކް، ޕެޑްރޯ ޕޯރޯ އެވެ. އަދި އެޓީމުގެ ފަހު ލަނޑު ޖެހީ ބްރެނަން ޖޯންސަން އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލާއިރު  އާސެނަލާއި ޗެލްސީ ވަނީ އެ ޓީމުތަކުގެ މެޗުތަކުން މޮޅުވެ، ލީގު ތާވަލުގައި ކުރިއަށް ޖެހިލައިފައެވެ.  ޗެލްސީން ވަނީ ލެސްޓާ ސިޓީ ދަނޑުގައި 2-1 އިން މޮޅުވެފައެވެ. އަދި އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ.

ސިޓީ ބަލިވުމުން، ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކުރަން ލިވަޕޫލަށް ވަނީ ފުރުސަތު ލިބިފައެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 12 މެޗުން ވަނީ 22 ޕޮއިންޓް ލިބިފައެވެ.

ތިން ވަނައިގައި އޮތް ޗެލްސީ އާއި ހަތަރެއްގައި އޮތް އާސެނަލް އަދި ފަސް ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 12 މެޗުން 22 ޕޮއިންޓް ލިބިފައެވެ. މި ނަތީޖާތަކާއެކު، ލީގު ތާވަލުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy