ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނުގެންގުޅުއްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި މަޖިލހުގެ ރައީސް އަބުދުއްރަޙިމް އަބުދުﷲ

ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅުއްވާނެ ކަމަށާއި އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތްވާނެ ކަމަށް ޕިއެންސީގެ ޗެއާޕާސަން އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅުއްވާނެ ކަމަށާއި، ކުރިއަށް އޮތްތާގައި ވެސް ނުގެންގުޅުއްވާނެ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތްވާނެ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، 2028 ގެ ރިޔާސީ އިންތިޚާބަށް ރައީސް މުއިއްޒަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ އަޑުއުފުލޭ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރަށްވުރެ، މިހާރު އޮތް ގުޅުން މާ ބޮޑު ކަމަށެވެ. އަދި ދެ ބޭފުޅުންގެ ގުޅުން ވަރުގަދަވެފައިވާ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، 2012 އިން ފެށިގެން ރައީސް މުއިއްޒާއި އެމަނިކުފާނާ ދެމެދު ގާތްކަން އުފެދިފައިވާ ކަމަށާއި، އެ ގާތްކަން މިހާރު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު، ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނާއެކު މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy