ރައީސް ޑޮނަލްޑް ޓްރަމްޕު
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެވަނަ ދައުރު ކަށަވަރުކުރައްވާފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް މެއި މަހު ސާބިތުވި ކުށުގެ މައްސަލައިގައި ހުކުމް އިއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވަނީ ޕޯން ސްޓާ ސްޓޯމީ ޑެނިއަލްސްއާއެކު ބޭއްވި ޖިންސީ ގުޅުމެއްގެ ވާހަކަ އޮއްބާލުމަށް ފައިސާ ދިން ކަމުގެ ދަޢުވާއެވެ. އަދި 2016 ގެ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި މިކަން ފޮރުވުމަށް ވިޔަފާރީގެ ލިޔެކިޔުންތަކެއް ބަދަލުކުރިކަންވެސް ސާބިތުވެފައިވެއެވެ.
މި މައްސަލައިގެ ހުކުމް ކުރުން މީގެ ކުރިންވެސް ފަސްކޮށްފައިވާއިރު، މިފަހަރު ހުކުމް ކުރުން ފަސްކޮށްފައިވަނީ އަޑުއެހުން ބާއްވާނެ ދުވަހެއް ކަނޑަނާޅައެވެ. އިންތިޚާބީ ރައީސަކަށް ހުކުމް ކުރުމާމެދު ގޮތެއް ނިންމުމަށް ދެފަރާތުގެ ވަކީލުން އެއްބަސްވެފައިވެއެވެ.
އެމެރިކާގެ ޤާނޫނުއަސާސީއަށް ރިޢާޔަތްކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަރީން ބުނާގޮތުން ރައީސަކަށް ދަޢުވާ ކުރުމަކީ ޤާނޫނީ ބާރު ލިބިދޭ ކަމެއް ނޫނެވެ. އެހެންކަމުން، 2025 ގެ ޖެނުއަރީ 20 ގައި ޓްރަމްޕު ދެވަނަ ދައުރަކަށް ހުވާކުރުމާއެކު މި އަޑުއެހުމަށް ވާނެގޮތަކާމެދު ސުވާލު އުފެދިފައިވެއެވެ.
ޓްރަމްޕާއި އޭނާގެ ވަކީލުން ބުނަނީ މިއީ ސިޔާސީ ގޮތުން އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއް ކަމަށެވެ. މި ކަންކަމަށް ބަލައި ދަޢުވާ ބާޠިލުކޮށް މައްސަލަ އެއްކޮށް އޮއްބާލުމަށް ޓްރަމްޕުގެ ވަކީލުންގެ ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް