ރާއްޖެއަށް ކާޑު އެތެރެކުރަނީ އެސްޓީއޯ އިން
އިންޑިއާއިން ރާއްޖެއަށް ފޮނުވި 70 ޓަނުގެ ހަކުރު ރާއްޖެ ނުގެނެސް، ގަވާއިދާ ޚިލާފަށް ސްރީ ލަންކާއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއް އިންޑިއާ ސަރުކާރުން ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާ ޝިޕިން ނިއުސްގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވެގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ 25 އޮކްޓޯބަރުގައެވެ. މިއީ ރާއްޖެއާއި އިންޑިއާ ދެމެދު ހެދި ޚާއްޞަ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ފޮނުވަން ނިންމި ހަކުރުގެ ބައެކެވެ.
ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން މިހާރު އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ. އަދި ރާއްޖެއަށް ހަކުރު އެކްސްޕޯޓްކުރުން ވެސް ވަނީ މަޑުޖައްސާލާފައެވެ.
އިންޑިއާގެ ނާވާ ޝެވާ ޕޯޓުން ރާއްޖެ ފޮނުވަން ތައްޔާރުކޮށްފައި އޮތް 7 ޕާރުސަލް ހަކުރު އެހެން ޤައުމަކަށް ފޮނުވާފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން، 70 އެއްހާ ކޮންޓެއިނަރުގެ ހަކުރު ލަންކާގެ ކަސްޓަމްސްއިން ހިފަހައްޓާފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރުން މިދިޔަ އޮކްޓޯބަރުގެ ނިޔަލަށް އިންޑިއާއިން އާންމު ގޮތެއްގައި ހަކުރު އެކްސްޕޯޓް ނުކުރަން ނިންމާފައިވީ ނަމަވެސް، ރާއްޖެއަށް ތަކެތި ގެނައީ ދެ ޤައުމުގެ ދެމެދު ހެދި ޚާއްޞަ އެއްބަސްވުމެއްގެ ދަށުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް