ރޮނާލްޑޯ ލަނޑު ޖެހި ނަމަވެސް ލީގުގައި ފުރަތަމަ ފަހަރަށް އަލް ނަސްރު ބަލިވެއްޖެ

ރޮނަލްޑޯ

ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖެހިނަމަވެސް ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގައި މި ސީޒަނުގައި ފުރަތަމަ ފަހަރަށް އަލް ނަސްރު ބަލިވެއްޖެއެވެ.

ރިޔާދުގައި އަލް ގަދްސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 32 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ އަލް ނަސްރަށް ކުރި ހޯދައިދީފައެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން އަލް ގަދްސިއާގެ ކިނޯނެސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އަލް ގަދްސިއާގެ ޕިއާ އެމެރިކް އައުބަމެޔަންގް ވަނީ ލަނޑެއް ޖަހާ އެޓީމު މޮޅުކޮށްދީފައެވެ.

މި މެޗުން އަލް ގަދްސިއާ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން 22 ޕޮއިންޓާއެކު ތާވަލުގެ 5 ވަނަ މަގާމު ލިބިފައެވެ. ތިންވަނައިގައި އޮތް އަލް ނަސްރަށް ވެސް ލިބިފައިވަނީ 11 މެޗުން 22 ޕޮއިންޓެވެ. ނަމަވެސް އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ލީގުގެ އެއްވަނައިގައި އޮތް އަލް ހިލާލް އަށް 10 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އިއްތިހާދަށް 10 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. މި ނަތީޖާއާއެކު އަލް ނަސްރަށް ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ކުޑަވެފައެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy